ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތިކުރުންް "ވައިޓޭޖް" މެތަޑް އަށް ބަދަލުކޮށް ބޯޑް ޗެއާ އަދި މެންބަރުންގެ އިނާޔަތްތައް ކަނޑައަޅާ އުސޫލު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން އިސްލާހުކޮށްފި އެވެ.
މި އުސޫލު އިސްލާހުކޮށްފައި ވަނީ، މިދިޔަ މަހުގެ 26 ގައި ބޭއްވި ބޯޑު މެންބަރުންގެ ބައްދަލުވުމުންނެވެ.
މި އުސޫލު ބަދަލުކުރިކަން ހާމަކޮށްއެ ބޯޑުން ނެރުނު ސާކިއުލާގައި ބުނީ، ވަކި ޝަރުތެއް ފުރިހަމަ ނުވުމުން ކުރިން ގިންތި ބަދަލުނު ވެ އޮތް އޮތުން ނިމުމަކަށް ގެނައުމަށް އިންސާފުވެރި ގޮތެއްގައި ގިންތިކުރެވޭ "ވައިޓޭޖް" މެތަޑަކަށް ދާން ނިންމީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތި ކުރުމުގައި ވަކި ޝަރުތެއް ފުރިހަ މަނުވުމުން ގިންތި ބަދަ ލުނުވެ އޮންނަ އުުސޫލު ނިމުމަމަކަށް ގެނައުމަށް ކަމަށެވެ.
ޕީސީބީން ބުނީ އެ އުސުލާ އެއްގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ވާސިލްވުމަަށް ކަންކަން ފަހިކޮށްދީފައި ވާނެ ކަމަށެވެ.
އެގޮތުން އަންނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް މ މަހުގެ 31 ގެ ކުރިން އެ ބޯޑަށް ހިއްސާކުރުމަށް އެދޭ ކަމަށާއި، އަދި އެއްވެސް ސަބަބަކާހުރެ އެ އަމާޒު އެ މުއްދަތުގައި ކަނޑަނޭޅިއްޖެނަމަ ލަސްވެގެން އަންނަ މަހުގެ 15 ގެ ކުރިން ބޯޑަށް ޓާގެޓްތައް ހިއްސާ ކުރުމަށް ވެސް އެދިފައިވެ އެވެ.
މީގެ ިއތުރަށް ކުރިއަށް އޮތް އަހަރުތަކުގައި ޓާގެޓް ކަނޑައަޅާނެ ގޮތާއި ކުންފުނިތަކުން އަމާޒު ކަނޑައަޅުމުގައި ދިމާވާ ދަތިތަކަށް ރިޢާޔަތްކޮށް މިޑް ޓާމް ޓާގެޓް ރިވިޝަން ކުރެވޭނެ ފަސޭހަ ގޮތްތައް އެ އުސޫލައް އިތުރުކުރެވި، އަދި އެ އުސޫލު ހަރުދަނާ ކުރުމަށް އެހެނިހެން އިންޓަރނަލް ކޮންޓްރޯލްތައް އުސޫލަށް އިތުރުކޮށްފައިވާނެ ކަމަށް ވެސް ޕީސީބީން ބުންޏެވެ.

ޕީސީބީން ބުނީ ކުންފުނިތައް ގިންތިކުރުމުގެ އުސޫލަށް ގެނައި ބަދަލާއެކު މެނޭޖިން ޑިރެކްޓަރު ފިޔަވައި އެހެނިގެން އެގްޒެކެޓިވް ސްޓާފުންގެ އަސާސީ މުސާރަ އާއި ޕާފޯމެންސް އެލަވަންސްތައް ވާނީ އުނިކޮށްފައި ކަމަށެވެ.
އަދި އެ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ކުންފުނީގެ އޮނިގަނޑާ އެއްގޮތަށް ކުންފުނީގެ ބޯޑުން ކަމަށެވެ.
އެހެންކަމުން މުސާރައިގެ އޮނިގަނޑު ބަދަލުކުރަން ޖެހިއްޖެ ނަމަ ސަރުކާރުގެ މެރޯރިޓީ ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ޕަބްލިކް ލިސްޓް ނުކުރާ ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު ކަނޑއަޅަން ވާނީ ޕީސީބީ ގެ ގައިޑްލައިނާއި އެއްގޮތަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެންނެވެ. އަދި އެ ނޫން ކުންފުނިތަކުން އެ ކުންފުންޏެއްގެ އުސޫލާ އެއްގޮތްވާ ގޮތަށް އެކަން ހަމަޖެއްސޭނެ އެވެ.
ކުންފުނިތަކުގެ އެގްޒެކެޓިވް މުވައްޒަފަކު ސަރުކާރުން ބޯޑް މެންބަރެއްގެ ގޮތުގައި އައްޔަންކޮށްފައިވާ ނަމަ ބޯޑް ޑިރެކްޓަރުންގެ އިނާޔަތުގެ ގޮތުގައި އުސޫލުގައި ކަނޑައަޅާއިވާ އުސޫލާ އެއްގޮތަށް ދޭން ޖެހެ އެވެ.
ޕީސީބީން ބުނީބޯޑުން އަންގާ އެންގުންތަކަށް ކުންފުނިތަކުން އަމަލުކުރުމަކީ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ލާޒިމު ކަމެއް ކަމަށެވެ.