Last Updated: June 6, 22:41
Saturday, June 6, 2026
މުނިފޫހިފިލުވުން

'ބިގް ބޮސް 19' ކާމިޔާބުކުރީ ގޯރަވް

ކަލާސް ޓީވީގެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 19 ވަނަ ސީޒަން މަޝްހޫރު ޓީވީ އެކްޓަރު ގޯރަވް ކަންނާ ކާމިޔާބުކޮށްފި އެވެ.

އޭނަ އެ ޝޯގެ ޓްރޮފީ އުފުލާލީ ރޭ ގެނެސްދިން ކުލަގަދަ ފިނާލޭ އެޕިސޯޑްގަ އެވެ. ގޯރަވް "ބޮގް ބޮސް 19" ކާމިޔާބުކުރި އިރު، އޭނަ ޝޯގެ ތެރޭގައި ތަކުރާރުކޮށް، ޝޯގެ ޓްރޮފީ ގެންދާނެ ކަމަށް ބުނެ އެތައް ބައިވެރިންނަކާ ގޮންޖަހާފައި ވެސް އެވެ. އެކަން ރޭ ހަގީގަތަކަށްވެގެން ދިޔަ އިރު، ގޯރަވް ބުނީ ޝޯގެ މި ދަތުރަކީ އެއްގޮތަކަށް ވެސް ފަަސޭހަ ދަތުރެއް ނޫން ކަމަށެވެ. އަދި "ބިގް ބޮސް" އިން ފޭނުން އޭނަ އަށް ދިން ލޯތްބާއި ތާއީދަށް އިންތިހާ އަށް ޝުކުރުވެރިވާ ކަމަށް ބުންޏެވެ.

ގޯރަވް، 43، އަކީ ސްޓާ ޕްލަސްގެ މަޝްހޫރު ސިލްސިލާ "އަނޫޕަމާ" ގައި 2021-2014 އަށް އަނޫޖް ކަޕާޑިއާގެ ރޯލު ކުޅުނު އެކްޓަރެވެ. އޭނަ މި ފަހުން ކާމިޔާބުކުރި ރިއަލިޓީ ޝޯތަކުގެ ތެރޭގައި ސޮނީ ޓީވީން މި އަހަރުގެ ޖެނުއަރީން އެޕްރީލަށް ގެނެސްދިން "ސެލެބްރިޓީ މާސްޓަ ޝެފް" ގެ ފުރަތަމަ ސީޒަން ހިމެނެ އެވެ.

ސަލްމާން ޚާން ހޯސްޓްކުރަމުން އަންނަ "ބިގް ބޮސް" 19 ވަނަ ސީޒަން ރޭ ނިންމައިލި އިރު، މި ސީޒަން ފެށީ އޮގަސްޓް 24 ގަ އެވެ. އެއީ 18 ބައިވެރިންނާ އެކީގަ އެވެ.

"ބިގް ބޮސް 19" ގެ ދެވަނަ ލިބުނީ ފަރްހާނާ ބަޓަށެވެ. އަދި ތިން ވަނަ އަކީ ޕްރަނީތު މޯރޭ އެވެ.

މިދިޔަ އަހަރު "ބިގް ބޮސް 18" ކާމިޔާބުކުރީ ކަރަން ވީރު މެހެރާ އެވެ.