Last Updated: June 6, 20:05
Saturday, June 6, 2026
ޚަބަރު

މަސްވެރިންގެ ދަފުތަރު ނިންމާލައިފި

މަސްވެރިންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

މަސްވެރިންފެ ދަފުތަރަށް ހުޅުވައިލީ މި އަހަރުގެ ފެބްރުއަރީގަ އެވެ. އެގޮތުން އޭގައި ރަޖިސްޓްރީން ހުޅުވާލައި، ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ނިންމައިި އިރު، ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްވެރިން އޭގައި ދަފުތަރުވެފައިވެ އެވެ.

މަސްވެރިންގެ ދަފުތަރެއް އެކުލަވައިލަން މި ސަރުކާރުން ނިންމީ އެހެނިހެން ދާއިރާތަކުގެ މަސައްކަތްތަކާ އެއްގޮތަށް ދަޢުލަތުން ބަލައި ގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި މަސްވެރިން ކަނޑައެޅުމަށެވެ.

އެގޮތުން ދަފުތަރުވި މަސްވެރިންނަށް މިހާރު އަންނަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ފަދަ ފައިނޭންސިން ފެސިލިޓީތައް ވެސް ފޯރުކޮށް ދެމުންނެވެ. އަދި މަސްވެރިންނަށް ރޯދަ އިނާޔަތް ދިނުމަކީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ރައީސް މުއިއްޒު މަސްވެރިންތަކަކާ އެކު.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވީ މަސްވެރިންގެ ދަފުތަރު އެކުލަވާލައި ނިމުނު ނަމަވެސް އަދިވެސް ރަޖިސްޓްރީ ކުރަން ބޭނުންވާ މަސްވެރިންންނަށާއި އަލަށް އެ ދާއިރާ އަަށް ނިކުންނަ ބޭނުންވާ މީހުން ދަފުތަރުކޮށް ދޭނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވި އެވެ.

މަސްވެރިކަން ކުރިއަރުވައި އެ ދާއިރާ އަށް މީހުން ބިނާ ކުރުމުގެ ގޮތުން ދާދި ފަހުން ވަނީ ޔޫތު އިންޓާންޝިޕް ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. އެ ޕްރޮގްރާމުން ފަސް ޒުވާނަކަށް ފުރުސަތު ދީފައިވެ އެވެ.