Last Updated: June 6, 19:03
Saturday, June 6, 2026
ޚަބަރު

މާލޭގެ މަސް މާރުކޭޓް ހަދާނީ ޖަޕާންގެ ހިލޭ އެހީގައި

މާލޭގެ ލޯކަލް މާރުކޭޓް ޖަޕާންގެ ހިލޭ އެހީގައި ހަދަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ ހެންވޭރުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ އާ މަސް މާރުކޭޓް ހަދާނީ މިހާރު ވެސް އެ މާރުކޭޓް ހިންގަމުން އަންނަ ސަރަހައްދުގައި ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވާނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީއިން ހިނގާ މަޝްރޫއުއެއްގެ ގޮތުގައި އެ މަޝްރޫއު ކަނޑައެޅުމަށްޓަކައި އެ ބޭފުޅުންނާ އެކީގައި ވެސް ވާހަ ކަދެކެވި، މަސައްކަތް ފެށިފައި." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި އަލަށް ހަދާ މަސް މާރުކޭޓް ތަރައްގީ ކުރާނީ މަހުގެ އިތުރުން ތަރުކާރީގެ ވިޔަފާރިކުރާ މީހުންނަށް ވެސް ޖާގަތައް ލިބޭ ގޮތަށް ކަމަށް ކަމަށެވެ.

މަސް މާރުކޭޓު މިހާރު ހުރި ބިން ތަރައްގީ ކުރަން ނިންމާފައި ވަނީ މަސްވެރިކަމާބެހޭ އެކި ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އޮފީސްތައް ހިންގާ ޖާގަތައް ހިމެނޭ އިމާރާތެއް ގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.