މިސްޓަ ބީންގެ ރޯލުން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ރޯވެން އެޓިކްސަން ލިޔެ، ކުޅެފައިވާ މިނީ ސީރީޒް "މޭން ވާސަސް ބޭބީ" މި މަހުގެ 11 ގައި ނެޓްފްލިކްސް ޕްރީމިއާ ކުރަން ނިންމައިފި އެވެ.
މިއީ 2022 ގައި އެޓްކިންސަން އާއި ވިލިއަމް ޑޭވީސް ލިޔެ، ޑޭވިޑް ކާ ޑައިރެކްޓްކޮށް ނެޓްފްލިކްސް އަށް ގެނެސްދިން މަގުބޫލު ސީރީޒް "މޭން ވާސަސް ބީ" ގެ ފޮލޯއަޕެކެވެ. އެ ސީރީޒްގައި ހިމެނެނީ 9 އެޕިސޯޑެވެ.
"މޭން ވާސަސް ބޭބީ" ވެސް ލިޔެފައި ވަނީ ވަނީ އެޓްކިންސަނާއި ޑޭވީސް ގުޅިގެންނެވެ. އަދި ޑައިރެކްޓްކުރީ ޑޭވިޑެވެ. ނަމަވެސް އާ ސީރީޒްގައި ހިމެނޭނީ ކިތައް އެޕިސޯޑް ކަމެއް އަދި ނޭނގެ އެވެ.
"މޭން ވާސަސް ބޭބީ" ގެ ޓްރެއިލާ ވެސް މިހާރު އާންމުކޮށްފައިވާ އިރު، މިއީ ދުވަސްވީ ފިރިހެނަކާއި ތިން ތުއްތު ކުއްޖެއްގެ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައި ދޭނެ އެއްޗެކެވެ.