Last Updated: June 6, 20:16
Saturday, June 6, 2026
ޚަބަރު

ޕޯސްޓް އޮފީހުގެ ޑީއެމްޑީއަކަށް ޝަހީދު

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޝަހީދު އިބްރާހީމް އައްޔަންކޮށްފި އެވެ.

އޭނަ އެ މަގާމަށް އައްޔަންކުރި ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރީ އިއްޔެ އެވެ.

ޝަހީދަކީ ކުރިން ވެމްކޯގެ ޑީއެމްޑީގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ. އޭނަ އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ޕީއެންސީގެ ސެނެޓް މެންބަރެއްގެ ގޮތުގައި ހުންނެވި ޝަހީދަކީ ކުރިން ސިފައިންގެ ހިދުމަތުގައި ވެސް 17 އަހަރު އުޅުއްވި ބޭފުޅެކެވެ.