މާލޭގެ މޫނު މަތިން ބޮޑުތަކުރުފާނު މަގު ފުޅާ ކުރަން ފެށި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އިއްޔެ އާއްމުކޮށް ހުޅުވާލައިފި އެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ދެ ފިޔަވައްސަކަށް ކުރިއަށް ގެންދިއުމަށެވެ. އޭގެ ތެރެއިން މަސައްކަތް ނިންމައި މިހާރފު ބޭނުން ކުރަން ފެށި ސަރަހައްދަކީ ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓާ ދެމެދު އޮތް ސަރަހައްދެވެ. އެއީ 130 މީޓަރުގެ ސަރަޙައްދެކެވެ.
މިމަސައްކަތުގެ ތެރޭގައި ހިމަނައިގެން، އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީކޮށްފައި ވަނީ މަގު ފުޅާކުރުމަށްޓަކައި ބޭރުތޮށި ހަ މީޓަރު ބޭރަށް ޖެއްސުމަށް ފަހު އެވެ. މަހު ހަދާފައި ވަނީ ދެ ފަރާތުން ހިނގާ މީހުންނަށް ވެސް ހާއްސަ ލޭންތަކެއް ހިމެނޭ ގޮތަށް ހަތަރު ލޭނަށެވެ.
އެމްޓީސީސީން ބުނީ ވަރަށް އަވަހަށް ސެގްމަންޓްގެ ދޭއްގެ މަސައްކަތް ވެސް ފަށާނެ ކަމަށެވެ. އެއޫ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަޙައްދެކެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތަކުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1،088 މީޓަރުގެ ސަރަހައްދެއް ޒަމާނީ ފެންވަރަށް ޖާގަ ތަނަވަސްކޮށް ތަރައްގީ ކުރާނެ
އެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 144 މިލިޔަން ރުފިޔާއަށެވެ.