ޖަޕާނަށް ރޭ އައި ބިންހެލުމާ ގުޅިގެން ސުނާމީއެއް އަރައިފާނެކަމުގެ އިންޒާރު ދީފި އެވެ.
ރިކްޓާ މިންގަނޑުން 7.5 ބާރުމިނުގައި މި ބިންހެލުން އައިސްފައި ވަނީ ޖަޕާންގެ އުތުރުއިރުމަތީގެ އައްސޭރި ފަށުގެ ސަރަހައްދަށެވެ. އަދި މިއާ އެކު ސުނާމީއެއްގެ އިންޒާރު ދީފައިވާތީ ހޮކައިޑޫ އާއި އާމޯރީ އަދި އިވާޓޭ ފަދަ ސަރަހައްދުތަކުން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ ކުރަމުންނެވެ.
މި ބާރުގަދަ ބިންހެލުމާ ގުޅިގެން ޖަޕާނުން މިހާތަނަށް އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް އަދި މިހާތަނަކަށް ނުލިބެ އެވެ. އެކަމަކު 30 އަށް ވުރެ ހިނަ މީހުން މީހުން ޒަހަމްވެގެން ފަރުވާ ދެމުން އަންނަ ކަމަށް ޖަޕާންގެ ފަޔާ އެންޑް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެފައިވެ އެވެ.
މި ބިންހެލުމާ ގުޅިގެން ބައެއް އިމާރާތްތަކާއި މަގުތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ އިރު، ލިބުނު ގެއްލުންތަކުގެ އެސެސްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
ޖަޕާނަށް މާޗް 11، 2011 ގައި އައި ރިކްޓާ މިންގަނޑުން 9.1 ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން ވެސް ސުމާނީ އަރައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ހާދިސާގައި 19،759 މީހުން މަރުވެ، 6,242 މީހުން ޒަހަމްވެ އަދި 2,553 މީހުން ގެއްލިފައިވެ އެވެ.