Last Updated: June 6, 09:42
Saturday, June 6, 2026
ޚަބަރު

ކައުންސިލް އިންތިހާބަށް އެމްޑީޕީ އަށް އެއްބާރުލުން އޮންނާނެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ކާމިޔާބުކޮށް ދޭން އެ މަނިކުފާނުގެ ފުރިހަމަ އެއްބާރުުން ލިބޭނެ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރަށް (ގަޕޯ) މަރުހަބާ ވެސް ވިދާޅުވެ، ސޯޝަލް މީޑިއާ ޕޯސްޓެއްގައި ނަޝީދު މިއަދު ވިދާޅުވީ، ޕާޓީގެ ޔުނިޓީ އޮބަހައްޓައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބީ އަށް ވާސިލްވާން ކުރަން ޖެހޭ މަސައްކަތްތަކުގައި އެ މަނިކުފާނުގެ ހުރިހާ އެއްބާރުލުމެއް ލިބޭނެ ކަމަށެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ގަޕޯ ރޭ އިންތިހާބުކުރީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ.

މިއަދު ބޭއްވި ނޫސް ކޮންފެރެންސެއްގައި ގަޕޯ ވެސް ވިދާޅުވެފައި ވަނީ ޕާޓީގެ މިހާރުގެ އެންމެ ބޮޑު ފޯކަސްއެއް އޮތީ ކައުންސިލް އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރަން ކަމަށެވެ. އަދި އެކަން ވާނެ ކަމަށް ވިދާޅު އެވެ.