Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

ދެ ލޯބިވެރިން މާރާމާރީ ހިންގައި ޒަހަމްވެއްޖެ

ދުވަސްވީ ފިރިހެނަކާއި އޭނަގެ ޒުވާން ލޯބިވެރިޔާއާ ދެމެދު ހިންގި މާރާމާރީގައި ދެ މިހުން ވެސް ޒަހަމްވެ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން މާލޭގައި މިއަދު ހެނދުނު ހިނގި މި ހާދިސާގައި ޒަހަމްވީ 64 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނެއް ކަމަށެވެ. އެ ދެ މީހުން ތޫނު އެއްޗެހި ވެސް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ހެނދުނު 10:00 އެހާކަށްހާ އިރު އެވެ.

މި މާރާމާރީގައި ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ އިތުރުން އަންހެން މީހާ ވެސް ޒަހަމްވެފައިވާތީ އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިންގި މާރާމާރީއެއް ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.