Last Updated: July 8, 02:13
Tuesday, July 7, 2026
ޚަބަރު

ހައި ކޯޓުގެ ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރައްވައިފި

ހައި ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން މިއަދު ރިޓަޔާ ކުރައްވައިފި އެވެ.

ހައިކޯޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ ނިޔާޒް، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށެވެ. ފަނޑިޔާރު ނިޔާޒް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރައްވާފައިމިވަނީ ޝަރުއީ ދާއިރާގައި 23 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު އެވެ. ނިޔާޒު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރީ ސެޕްޓެމްބަރު 30، 2002 ގަ އެވެ. އެއީ އޭރު ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަގާމުގަ އެވެ.

އޭގެ ފަހުން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ވެސް ކުރައްވާފައިވެ އެވެ.

ނިޔާޒު ރިޓަޔާ ކުރެއްވިއިރު އޭނާގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީގައި އަންނަނީ ހިނގަމުންނެވެ.