Last Updated: July 8, 02:13
Tuesday, July 7, 2026
ޚަބަރު

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ކަމަށް ސޮބާހު

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ކަމަށް އަހުމަދު ސޮބާހު އައްޔަންކުރައްވައިފި އެވެ.

އެ މަގާމަށް ސޮބާހު އައްޔަންކުރައްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް މުހައްމަދު ދީދީ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

ސޮބާހު މީގެކުރިން ހުންނެވީ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގަ އެވެ. އޭނާ ވަނީ ކަރެކްޝަންސްގެ އެކި މަޤާމުތަކުގައި 21 އަހަރު ޚިދުމަތް ކުރައްވާފަ އެވެ.