Last Updated: July 8, 02:13
Tuesday, July 7, 2026
ޚަބަރު

ގަވާއިދާ ހިލާފަށް ސިނގިރޭޓް ވިއްކާ ދެ ތަނެއް ބަންދުކޮށްފި

މާލޭގައި، ގަވާއިދާހިލާފަށް ސިނގިރޭޓް ވިއްކަމުން ދިޔަ ދެ ތަނެއް ބަންދުކޮށްފި އެވެ.

ފުލުހުން ބުނީ، އިކޮނޮމިކް މިނިސްޓްރީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)، އިމިގްރޭޝަން އަދި ކަސްޓަމްސްއާ ގުޅިގެން އޮޕަރޭޝަނެއް ހިންގާ އިރު، އެއީ ގަވާއިދާހިލާފަށް ވިޔަފާރިތައް ހިންގަމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަންގެ ތެރެއިން މިއަދު 10 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން ދެ ތަނެއް ބަންދުކޮށްފައިވާ ކަމަށާއި އެއް ތަނަކަށް ނޯޓިސް ދިނުމަށްފަހު ކަންކަން ރަނގަޅު ކުރުމަށް ނޯޓިސް ދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

‏"ބަންދުކޮށްފައިވާ ދެ ތަނަކީ ގަވާއިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ދެ ތަންކަން ފާހަގަކުރެވިފައިވޭ. އަދި ދެ ތަނުންވެސް ދުންފަތުގެ ބާވަތްތައް ފެނިފައިވޭ،". ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ ބިދޭސީއަކު ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.