Last Updated: June 6, 19:03
Saturday, June 6, 2026
ޚަބަރު

އުރީދޫ ފަން ރަން މިއުޒިކް ޝޯ 18 ގައި

އުރީދޫ ފަން ރަންއާ ގުޅުވައިގެން ބާއްވަން ހަމަޖެހިފައިވާ މިއުޒިކް ޝޯ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

ހުޅުމާލޭގެ ސެންޓްރަކް ޕާކްގައ ބާއްވާ ޝޯގައި ރާއްޖޭގެ މަޝްހޫރު ބައެއް ބޭންޑްތަކާއި އާޓިސްޓުން ޕަފޯމް ކުރާނެ އެވެ.

އޭގެ ތެރޭގައި ޓްރެފިކް ޖޭމް، އިކްއޭޓިކް ވައިބް، ހަބޭސް ބޮޑުބެރު އަދި ސިމްބޮލިކް ރިކޯޑްސް ހިމެނެ އެވެ. ޝޯ ކުރިއަށް ގެންދަން ނިންމާފައި ވަނީ 18 ވަނަ ދުވަހުގެ ރޭ 8:00-12:00 އަށެވެ.

އުރީދޫން ބުނީ ފަން ރަންއަކީ ހަމައެކަނި ދުވުމެއް ނޫން ކަމަށާއި މިއީ މުޖުތަމައުގެ ދުޅަހެޔޮކަމާއި އުފާވެރިކަން ދައްކުވައިދޭ ހަރަކާތެެއް ކަމަށެވެ. އަދި މިއާ ގުޅުވައިގެން ބާއްވާ މިއުޒިކް ޝޯއަކީ އަބަދުވެސް ކްރައުޑްގެ ފެވަރިޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ބުނީ އަމާޒަކީ މިއުޒިކް ޝޯ މެދުވެރިކޮށް މީހުން އެއް ތަނަކަށް އެއްކޮށް، ހަރަކާތްތެރި ދިރިއުޅުމަކަށް ހިތްވަރު ދިނުން ކަމަށެވެ. އަދި ދިވެހި ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށް ދިނުމަކީ ވެސް އަމާޒެއް ކަމަށް ބުންޏެވެ.