Last Updated: June 6, 20:05
Saturday, June 6, 2026
ޚަބަރު

ޕެންޝަން އޮފީހަށް ސީއެފްއޯއެއް ހޯދަނީ

ޕެންޝަން އޮފީހަށް ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ) ގެ މަގާމަށް ހުޅުވާލައިފިއެވެ.

ޕެންޝަން އޮފީހުން ބުނީ އެ މަގާމަށް މީހަކު ހޯދަނީ އެއް އަހަރުގެ މުއްދަތަކަށް ކަމަށެވެ. އަދި އެ މުއްދަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅު ނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެ ކަމަށާއި ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވިދާނެ އެވެ.

ސީއެފްއޯގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އެކައުންޓިން ނުވަތަ ފައިނޭންސްގެ ރޮނގުން މާސްޓާސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން، ނުވަތަ އެއާ އެއް ފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން ހިމެނެ އެވެ. އަދި އެކައުންޓިން ނުވަތަ ފައިނޭންސްގެ ދާއިރާއިން ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ވެސް ހިމެނެ އެވެ.

ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވެސް ވާން ޖެހެ އެވެ.

ސީއެފްއޯގެ އަސާސީ މުސާރަ އާއި ޢިނާޔަތްތައް ހިމެނޭ ގޮތަށް މަހަކު ޖުމްލަ 50،000ރ. ލިބޭނެ އެވެ.

އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަޑް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 17 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.