Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

މަސާޖް ޕާލާތަކަކުން ބަޔަކު އަތުލައިގެންފި

މާލޭގެ މަސާޖް ޕާލާތަކަކުން އަނެއްކާ ވެސް ބަޔަކު އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސް ކުރުމަށް، ޓާސްކްފޯހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައ މާލޭގައި ހިންގަމުން ދިއަ ހަތަރު މަސާޖު ޕާލާއެއް ރޭ ބަލައި ފާސްކޮށްފައި.ވާ ކަމަށެވެ.

އަދި އެތަނުން ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ. އިމިގްރޭޝަނުން ބުނީ އެ ހަތަރު ތަނުގައި ހިންގަމުން ދިޔަ ވިޔަފާރި ނޯޓިސްއާ އެކު ހުއްޓުވުމުގެ ފިޔަވަޅުތައް އިކޮނޮމިކް މިނިސްޓްރީން އަޅާފައިވާ ކަމަށެވެ.