Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

'އަމާން އުދަރެސް' އަށް ޖީޕީ ކްލިނިކެއް

ހުޅުމާލެ ފޭސް ދޭއްގެ 'އަމާން އުދަރެސް" ޓަވަރެއްގައި ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ކުލިނިކެއް ހަދަން ސޮއިކޮށްފި އެވެ.

މިި އެއްބަސްވުން އިއްޔެ ހެދީ ހުޅުމާލެ ހޮސްޕިޓަލާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ދެމެދު އެވެ. އެއްބަސްވުމުގައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމެވެ. އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޒާނެވެ.

އެއްބަސްވުމުގެ ދަށުން އާބަން ޕްރައިމަރީ ހެލްތު ކެއާ ކްލިނިކެއް ހަދަން ނިންމާފައި ވަނީ 'އަމާން އުދަރެސް' ގެ ޓަވަރު 6 ގަ އެވެ.

"މި ގާއިމްކުރާ ޕްރައިމަރީ ހެލްތުކެއާ ކްލިނިކުގައި އިތުރު ހިދުމަތްތަކެއް ކުރިއަށް ގެންދާނެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ވެކްސިން ދިނުމާއި ގްރޯތް މޮނީޓަރިންގެ މަސައްކަތްތަކާއި ވެލް ބިއިން އާއި ކައުންސިލިން އަދި އޭގެއިތުރަށް ޖެނެރަލް ޕްރެކްޓިސް ސާވިސް. ތަޖުރިބާކާރުން، ކޮންސަލްޓޭޓުން ގެނެސްގެން މި ހިދުމަތް ފޯރުކޮށްދޭނީ." ރައްޒާގު ވިދާޅުވި އެެވެ.

ވެމްކޯއާ ހަވާލުކޮށްގެން މާލޭގައި ދާދި ފަހުން ވަނީ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު އަދި ޖީޕީ ކްލިނިކް ރަސްމީކޮށް މިދިޔަ މަހުގެ 19 ގައި ހުޅުވައިފަ އެވެ.