ހއ. އަތޮޅު ހޮސްޕިޓަލާއި އެ އަތޮޅުގެ ބައެއް ޞިއްޙީމަ ރުކަޒުތަކަށް ގިނަ އަދަދަކަށް ނަރުހުން ހޯދަން އިޢުލާންކޮށްފި އެވެ.
ހޯދަން އިއުލާންކޮށްފައި ވަނީ ދާއިމީ ދިވެހި ނަރުހުންނެވެ.
ހއ. އަތޮޅު ހޮސްޕިޓަލާއި އެ އަތޮލުގެ 13 ރަށަހަކަށް ހޯދަން އިޢުލާންކޮށްފައި ވަނީ ދާއިމީ ދިވެހި ނަރުހުންނެވެ. ހޯދަން އިއުލާންކުރި 47 ނަރުހުންގެ ތެރެއިން 16 ނަރުހުން ބޭނުން ވަނީ ހޮސްޕިޓަލަށެވެ.
ނަރުހުން ހޯދަނީ ދެ ރޭންކަކަށެވެ. އެއީ މޯލްޑިވްސް ނާސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ، ނާސިން ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ މީހުންނާއި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކެވެ.
އެ މަގާމުތަކަށް އެޕްލައި ކުރުމުގެ ފުރުސަތި ހުޅުވާލާފައި ވަނީ މި މަހުގެ 18 އާ ހަމައަށެވެ.