Last Updated: June 6, 20:13
Saturday, June 6, 2026
ޚަބަރު

މެރިކަލްޗާ އަށް ހާއްސަ ފައިނޭންސް ސްކީމެއް

މެރިކަލްޗާގެ މަސައްކަތް ކުރަން ބޭނުންވާ މީހުންނށް މޫދުކޮށި ގަތުމަށް މާލީ އެހީ ދިނުމަށް 'މެރިކަލްޗަ ސްކީމް' ގެ ނަމުގައި ފައިނޭންސް ފެސިލިޓީއެއް ތައާރުކޮށްފި އެވެ.

އެސްއެމްއީ ޑިޖިޓަލް އިން ތައާރަފުކުރި މި ސްކީމަށް ކުރިމަތިލާން ހުޅުވައިލާނީ މި މަހުގެ 13 ގަ އެވެ.

އެސްއެމްއީ ޑިޖިޓަލްއިން ބުނީ މިއީ މެރިކަލްޗާ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ފުޅާކުރުމަށާއި، އަލަށް މި ވިޔަފާރިއަށް ވަނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ކަމަށެވެ.

މި ސްކީމްގެ ދަށުން، މެރިކަލްޗާ ވިޔަފާރިތައް ހިންގަން ޝައުޤުވެރިވާ ފަރާތްތަކަށް މޫދުކޮށި ދޫކުރާނީ ފިޝަރީޒް މިނިސްޓްރީން ކަމަށާއި، ކޮށިތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް، ލުއި ފަސޭހަ އިސްލާމީ އުސޫލުތަކެއްގެ ދަށުން މާލީ އެހީތެރިކަން ލިބޭނެ އެވެ.

އެގޮތުން ޖުމްލަ 200 މޫދުކޮއްޓަށް ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައިވާއިރު، 80،000-640،000ރ. އާ ދެމެދުގެ އަދަދަކަށް މާލީ އެހީ ދޭނެ އެވެ. އަދި ފެސިލިޓީ އަނބުރާ ދެއްކުމަށް ހަ ސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ގިނަވެގެން ހަ އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

މެރިކަލްޗަ ކުރިއަރުވަން މިނިސްޓްރީން މިހާރު އަންނަނީ މެރިން ރިސާޗް އިންސްޓިޓިއުޓާ ގުޅިގެން ޓްރެއިނިން ޕްރޮގްރާމްތަކެއް ވެސް ސިލްސިލާކޮށް ހިންގަމުންނެވެ.

މެރިކަލްޗަ އަށް ހާއްސަ ޒޯންތަކެއް ވެސް ކަނޑައަޅާފައިވެ އެވެ. އެއީ ހއ. އަތޮޅު، ރ. އަތޮޅު، ކ. އަތޮޅު، މ. އަތޮޅު އަދި ތ. އަތޮޅެވެ.