Last Updated: July 8, 04:01
Tuesday, July 7, 2026
ޚަބަރު

ދަރިވަރަކަށް އަނިޔާކުރި ޓީޗަރަކު ސަސްޕެންޑްކޮށްފި

އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރަކު ހިންގި މާރާމާރީގައި ހިމެނޭ ޓީޗަރު ސަސްޕެންޑްކޮށް، މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

އެ މާރާމާރީ ހިންގީ ސްކޫލުގެ ގްރޭޑް 12ގެ ފިރިހެން ދަރިވަރަކާ އިންޑިއާގެ ފިރިހެން ޓީޗަރަކާ ދެމެދު އެވެ. އެކަމާ ގުޅޭ ވީޑީއޯ ވެސް ސޯޝަލް މީޑިއާގައި މިހާރު ވަނީ ދައުރުވާން ފަށައިފަ އެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ދަރިވަރު އަތުގައި އޮތް އެއްޗެއް އަތުލުމަށް ގަދަކަމުން ޓީޗަރު މަސައްކަތް ކުރާއިރު، ދަރިވަރު އެ ނުދޭން ދެކޮޅު ހަދާ މަންޒަރު ފެނެ އެވެ. އަދި ދަރިވަރު ޓީޗަރުގެ ގައިގައި ޖަހާ މަންޒަރު ފެންނައިރު، ޓީޗަރު ވެސް އެ ކުއްޖާ ގައިގައި ހިފަހައްޓައި އަނިޔާކުރާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

އެ މައްސަލައިގައި ހިމެނޭ ޓީޗަރު ސަސްޕެންޑްކޮށް، މައްސަލަ ފުލުހަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީންނެވެ.