Last Updated: July 8, 04:01
Tuesday, July 7, 2026
ޚަބަރު

ޖުވާ ކުޅުން ޖިނާއީ ކުށަކަށް ހަދަނީ

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް ބިލްގައި ހިމެނޭ ކަންކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީސް މިހާރު އޮތީ ޗުއްޓީގައި ކަމަށްވާއިރު، އެ ބިލުގެ މަސައްކަތް ކުރިއަށް ދާނީ އަންނަ އަހަރަށް މަޖިލިސް ހުޅުވިގެން ކުރިއަށްދާ އެ މަޖިލީހުގެ ފުރަތަމަ ދައުރުގަ އެވެ.