Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ލޯބިވެރިޔާ އަށް ހަމަލާދިން އަންހެން މީހާ ހައްޔަރުުކޮށްފި

އުމުރުން ދުވަސްވީ ލޯބިވެރިޔާ އަށް ތޫނު އެެއްޗަކުން ހަމަލާދިން ޒުވާން އަންހެން މީހާ ހައްޔަރުކޮށްފި އެވެ.

މާލޭގައި އިއްޔެ ހެނދުނު އުމުރުން 32 އަހަރުގެ އަންހެން މީހާ އާއި އުމުރުން 64 އަހަރުގެ ލޯބިވެރިޔާއާ ދެމެދު މާރާމާރީ ހިންގައި އަންހެން މީހާ ވަނީ ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާ ދީފަ އެވެ. މި މާރާމާރީގައި އަންހެން މީހާ ވެސް ޒަހަމްވެ އެ ދެ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބުނީ އަންހެން މީހާ ހައްޔަރުކޮށް، އޭނަގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

ނަމަވެސް މައްސަލައިގައި ހިމެނޭ ދެ މީހުންނާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.