Last Updated: July 8, 04:01
Wednesday, July 8, 2026
ޚަބަރު

މިދިޔަ މަހު މީރާއަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މިރާ އޮފީހުގެ ތެރެއިން / ފޮޓޯ: މީރާ

މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 2.20 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 16.6 ޕަސެންޓް އިތުރު އަދަދަކަށް ވާއިރު، މި އަހަރުގެ ނޮވެމްބަރުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 6.7 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ބުނީ، މިދިޔަ އަހަރުގެ ނޮވެމްބަރުގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، މި އަހަރު އެ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ އާއި ގްރީން ޓެކުހުގެ އިތުރުން އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަަމަށެވެ. މިއީ، މިދިޔަ އަހަރުގެ އޮކްޓޯބަރާއި އަޅައިބަލާއިރު، މި އަހަރުގެ އޮކްޓޯބަރުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %10.3އަށް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެއް ކަމަށްވެސް މީރާއިން ބުންޏެވެ.

މީގެ އިތުރުން، މި އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމާ ގުޅިގެންވެސް އާމްދަނީ އިތުރުވެފައިވެ އެވެ.

ނޮވެމްބަރުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާގެ ޖއެސްޓީއެވެ. އެއީ 57.9 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ 12.4 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 11.4 މިލިއަން ރުފިޔާ ޑިޕާޗާ ޓުކުހުގެ ގޮތުގައި 10.7 މިލިއަން ރުފިޔާ، އާމްދަނީން ނަގާ ޓުކުހުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ އަދި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.