Last Updated: July 8, 04:01
Wednesday, July 8, 2026
ޚަބަރު

ފުލުހުން، ވެމްކޯގެ ފޮޅާ ސާފުކުރުމުގެ ހިދުމަތް ހޯދަނީ

ފުލުހުންގެ އިދާރާއިން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ފޮޅާ ސާފު ކުރުމުގެ ހިދުމަތް ހޯދުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ. އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ގެ ފަރާތުން ސޮއި ކުރެއްވީ ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނާއިފް އެވެ.

ވެމްކޯގެ މި ހިދުމަތަކީ އެ ކުންފުނިން އަލަށް ފަށައިގަތް ހިދުމަތެއް ކަމަށްވާއިރު މި ހިދުމަތް އަދި ދެނީ ސަރުކާރުގެ އޮފިސްތަކަށް ހާއްސަކޮށްގެންނެވެ. އަދި އެ ހިދުމަތަށް އެދޭ ފަރާާތްތައް އިތުރުވަމުންދާ ނަމަ، ކުންފުނިން އިތުރަށް އެ ހިދުމަތް ފުޅާ ކުރާނެ ކަމަށް ވެސް ވެމްކޯ އިން ބުނެ އެވެ.

ވެމްކޯއިން ފޮޅާ ސާފު ކުރުމުގެ ހިދުމަތް ދޭން ފަށާފައިވަނީ އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރުމަށް ފަހު އެވެ.