Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ކަރަންޓްގައި ޖެހި ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ

ހުޅުމާލޭގައި ކަރަންޓްގައި ޖެހި ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ އެވެ.

ހުޅުމާލޭގެ ބާ އިންޖީނުގޭގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި ހާދިސާގައި ކަރަންޓްގައި ޖެހިގެން ފިހުނީ ސްޓެލްކޯގެ ސުޕަވައިޒަރެއްގެ މަގާމު އަދާކުރަމުން އައި އަހުމަދު އަޒްމީލް، 43، އެވެ.

އޭނަ ނިޔާވީ އިތުރު ފަރުވާއަށް މިދިޔަ މަހުގެ 30 ގައި ތައިލެންޑަށް ގެންގޮސް ބެންކޮކް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު އެވެ.

އަޒްމީލް ކަރަންޓްގައި ޖެހުނު ދުވަހު ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހާދިސާ ހިނގީ ސްވިޗު ގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކުންފުނިންނާއި ފުލުހުން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.