ހދ. ނޮޅިވަރަމް ޞިއްޙީ މަރުކަޒުގައި ދަތުގެ ފަރުވާ އާއި އެކްސްރޭގެ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ އިމާރާޔް ހަދަން ބަޔަކާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން އެ މަސައްކަތް އިއްޔެ ހަވާލުކުރީ އެލްއެމްއޭ އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކާ އެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޝަރީފެވެ. އެލްއެމްއޭ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މޫސާ ނަޒްމީ އެވެ.
އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ މަސައްކަތް ފަށާތާ ހަ މަސްތެރޭ ނިންމާ ގޮތަށް 1.7 މިލިޔަން ރުފިޔާއަށެވެ.
ނޮޅިވަރަމް ޞިއްޙީ މަރުކަޒުގައި ހަދާ އިމާރާތުގައި ޑެންޓަލް ރޫމަކާއި އެކްސްރޭ ރޫމެއްގެ އިތުރުން ކޮންސަލްޓޭޝަން ރޫމެއް ހަދަން ހަމަޖެހިފައިވެ އެވެ.