Last Updated: June 6, 18:54
Saturday, June 6, 2026
ޚަބަރު

ވޭޕްގެ ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕް ޝިޕްމެންޓެއް މޯލްޑިވްސް ހިފަހައްޓައިފިއެވެ.

ކަސްޓަމްސްއިން ބުނީ މާލެ ކޮމާޝަލް ހާބަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ބަލައިފާސް ކުރި ޝިޕްމެންޓްގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވައިފައި ހުއްޓައި ފެނިފައިވާ ކަމަށެވެ. އެގޮތުން އެ ޝިޕްމެންޓުން ޖުމްލަ 10،800 ވޭޕް ކާޓްރިޖް ހޯދައިއިފައިވާ ކަމަށާއި މިއީ ރާއްޖޭގައި ވޭޕް މަނާކުރި ފަހުން މިހައިތަނަށް ހޯދުނު އެންމެ ބޮޑު ޝިޕްމެންޓްނކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެތަނުން ބުނީ އެ ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުރި ކަމެއް އަދި ނޭނގެ އެވެ.

ރާއްޖޭގައި ވޭޕް މަނާކުރި ފަހުން، މިހާތަނަށް 66،000 އަށް ވުރެ ގިނަ ވޭޕް ކަސްޓަަމްސް އިން ހިފަހައްޓާފައިވެ އެވެ. ހިފަހައްޓައިފައިވާ ކަމަށެވެ.