މި އަހަރުގެ މިހާތަނަށް ބޮލީވުޑުން ގެނެސްދިން ފިލްމުތަކުގެ ތެރެއިން ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ސައްޔާރާ" ގެ ޑައިރެކްޓަރު މޯހިތު ސޫރީގެ އާ ފިލްމުގެ ބަތަލުގެ ރޯލުން އަދިތިޔާ ރޯއި ކަޕޫރް ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.
އޭނަގެ އާ ފިލްމަކީ "ސައްޔާރާ" ވެސް އުފެއްދި ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) އިން ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ.
އަންނަ އަހަރުގެ ތެރޭގައި ޝޫޓިން ފަށަން ފަށަން ޕްލޭންކޮށްފައިވާ މި ފިލްމަަށް ވަމުން އަންނަ ތައްޔާރީތަކުގެ ފިލްމު އަދިތިޔާ އަށް ހުށަހަޅައި މަޝްވަރާތައް ކުރިއަށްދާ ކަމަށް މީޑިއާތަކުން ބުންޏެވެ. އަދި އޭނަ ފިލްމަށް ސޮއިކުރާނެކަން މިހާރު ގާތްގަނޑަކަށް ކަށަވަރުވެފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުންޏެވެ. އަދިތިޔާ އަށް މޯހިތުގެ އާ ފިލްމު ހުށަހެޅި ވާހަކަ ދެކެވެން ފެށި އިރު، މޯހިތު ދެން ހަދާ ފިލްމުގެ ތަރިންނަކީ އަދިތިޔާ އާއި ޝްރަދާ ކަޕޫރް ކަމަށް ބައެއް މީޑިއާތަކުން މި ފަހުން ރިޕޯޓްކޮށްފައިވެ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ މި މަގުބޫލު ސްކްރީން ޖޯޑަކީ މޯހިތުގެ 2013 ގެ ބޮޑު ހިޓް "އާޝިގީ 2" ގެ ވެސް ތަރިންކަމެވެ.
ނަމަވެސް އޭނަގެ އާ ފިލްމުގެ ބަތަލާއަކަށް ޝްރަދާ ގެންނަން އުޅޭކަމުގެ އެއްވެސް އިޝާރާތެއް އަދި ރަސްމީ ސިފަައެއްގައި ލިބިފައެއް ނުވެ އެވެ. "އާޝިގީ 2" ގެ ކާމިޔާބީ އަށް ފަހު އަދިތިޔާ އާއި ޝްދަރާ އެކީގައި ފެނިގެން ދިޔަ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2017 ގައި ގެނެސްދިން "އޯކޭ ޖާނޫ" އިންނެވެ.
ޝާދު އަލީ ޑައިރެކްޓްކުރި އެ ފިލްމަކީ ބެލުންތެރިންގެ ވަރަށް ފިނި ތަރުހީބެއް ލިބުނު ފިލްމެކެވެ.
މޯހިތުގެ "ސައްޔާރާ" އަހަރުގެ އެންމެ ސަޕްރައިޒިން ހިޓަށްވެގެން ދިޔަ އިރު، މި ފިލްމަކީ އާ ދެ ފަންނާނަކު ލީޑް ރޯލު ކުޅުނު މިއުޒިކަލް ރޮމޭންޓިކް ޑްރާމާއެކެވެ. އެއީ ފިލްމުން ބޮޑު މަޝްހޫރު ކަމެއް ލިބުނު އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ އެވެ.
"އާޝިގީ 2" އަށް ފަހު މޯހިތާ އެކު އަދިތިޔާ މަސައްކަތް ކުރި ފިލްމަކީ 2020 ގެ އެކްޝަން ތުރިލާ "މަލަންގް" އެވެ.