Last Updated: June 6, 18:54
Saturday, June 6, 2026
ޚަބަރު

ދަރިވަރު މާރާމާރީ ހިންގި ޓީޗަރު މާލެ ގެންގޮސްފި

އައްޑޫ ހިތަދޫގައި ހުންނަ އައްޑޫ ސްކޫލްގެ ދަރިވަރަކާއި ޓީޗަރަކާ ދެމެދު ހިންގި މާރާމާރީއަކާ ގުޅިގެން ޓީޗަރު ސަސްޕެންޑް ކުރުމަށް ފަހު މާލެ ގެންގޮސްފި އެވެ.

އިންޑިއާގެ ފިރިހެން ޓީޗަރު ސަސްޕެންޑްކޮށް އެ މައްްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް މިނިސްޓްރީން ބުނީ އިއްޔެ އެވެ. އެއީ ކްލާސް ތެރޭގައި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.

އެ ވީޑިއޯގެ ފަހުން ދަރިވަރާއި ޓީޗަރާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް އާންމުވެފައިވެ އެވެ. އެއީ އެކި ދުވަސް މަތިން ނަގާފައިވާ ވީޑިއޯތަކެލެވެ. އެ ވީޑިއޯތަކުގައި ދަރިވަރު ޓީޗަރަށް ބުލީކޮށް، ފުރައްސާރަކޮށް ގޯނާކޮށް ގަޔަދް އަތްލާން މަސައްކަތްކުރާ ތަން ވެސް ފެނެ އެވެ.

އެޑިއުކެޝޭން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޓީޗަރު މާލެ ގެންގޮސް، މިކަން ހިނގައި ދިޔަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

އޭނަ ވިދާޅުވީ މި މައްސަލައިގައި ޝާމިލުވާ ދަރިވަރުގ މައްސަލަ ވެސް ބަލައި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. އަދި އަޅާނެ ފިޔަވަޅަކާ މެދު މިނިސްޓްރީ އާއި ސްކޫލާ ދެމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.