Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

އައިޖީއެމްއެޗުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި

އައިޖީއެމްއެޗުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ނަރުހުން ތިބޭ ތަނުން ވައްކަންކޮށްފައި ވަނީ ކުރިން ވެސް ކުށުގެ ގިނަ ރެކޯޑްތަކެއް އޮތް 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ވައްކަމާ ގުޅިގެން އޭނަ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ފަސް ދުވަސް ޖަހައިފަ އެވެ. ބަންދު އަމުރުގައިވާ ގޮތުން އޭނަ ބަންދު ކުރަން އަމުރުކުރީ އޭނަގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ އެވެ.