މާލޭގައި ހިންގަމުންދާ އިތުރު މަސާޖް ޕާލާތަކަކުން އަނެއްކާ ވެސް ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނާއި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސް ކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި މާލޭގައި ހިންގަމުން ދިޔަ ހަތަރު މަސާޖު ޕާލާއެއް އިއްޔެ ބަލައިފާސްކޮށްފައިވެ އެވެ. އަދި އެތަންތަނުން ގަވާއިދާ ޚިލާފަށް އުޅެމުންދިއަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވެެ އެވެ.
އެ މީހުން ވިޔަފާރި ހިންގަމުން ދިޔަ ތަންތަނުގެ ވިޔަފާރި އިކޮނޮމިކް މިނިސްޓްރީން ވަނީ ހުއްޓުވައިފަ އެވެ.
އިއްޔެ ރޭ ވެސް މާލޭގެ ހަތަރު މަސާޖް ޕާލާއަކުން ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފައިވެ އެވެ.