ބޮޑުކަންނެލީގެ މަސްވެރިންގެ މުޒާހަރާގެ ތެރެއިން މިއަދު ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ރައީސް އިމްރާން މުހައްމަދު އާއި ސެކްރެޓަރީ ޖެނެރަލް، މައުރޫފް ޒާކިރު ހައްޔަރުކޮށްފި އެވެ.
މައުރޫޒަކީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު ވެސް މެ އެވެ.
މާލޭގެ އުތުރު ފަރާތު ފަޅު ބޭރުގައި އިއްޔެ އިން ފެށިގެން ބޮޑުކަންނެލީގެ މަސްވެރިން މުޒާހަރާ ކުރަމުން އަންނަ އިރު، ފުލުހުން ދޯނިތަކަށް އެރީ މިއަދެވެރ. އެގޮތުން ހަތަރު ބިދޭސީއަކު ވެސް މިއަދު ހައްޔަރުކޮށްފައިވާ އިރު، ފުލުހުންގެ ބެލުމުގެ ދަށަށް ދޯންޏެއް ވެސް ގެންގޮސްފައިވެ އެވެ.
(ބީކޭއެމްޔޫ) އިން ތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުޒާހަރާ އަކީ ބޮޑުކަންނެލީގެ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް ބުނެ ފެށި މުޒާހަރާއެކެވެ.
ބޮޑުކަންނެލީގެ މަސްވެރިން އަންނަނީ ސަރުކާރަށް ތިން ޑިމާންޑެއް ކުރަމުންނެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމައި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.