ޖޭމްސް ގަން ޑައިރެކްޓްކޮށް މި އަހަރު ގެނެސްދިން "ސުޕަމޭން" އަށް ފަހު، އޭނަ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ ގެނެސްދޭން ނިންމާފައިވާ ޑީސީ ސްޓޫޑިއޯސްގެ "ސުޕަގާން" އަންނަ އަހަރުގެ ޖޫންގައި ގެނެސްދޭން ނިންމައިފި އެވެ.
ފިލްމުގެ ޕޯސްޓަރު ވެސް އާންމުކޮށް، ބުނެފައި ވަނީ ސިނަމާތަކަށް ފިލްމު ގެންނާނީ ޖޫން 26 ގައި ކަމަށެވެ.
ކްރެއިގް ގިލިސްޕީ ޑައިރެކްޓްކޮށްފައިވާ "ސުޕަގާލް" ގެ ޓައިޓްލް ރޯލުން ފެންނާނީ މިލީ އަލްކޮކް އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި މެތިއަސް ޝޮނާޓްސް، ޑޭވިޑް ކްރަމްހޯޒް، އެމިލީ ބީޗަމް އަދި ޖޭސަން މޮމޯއާ ހިމެނެ އެވެ.
ވޯނާ ބްރޮސް އިން ޑިސްޓްރިބިއުޓްކުރަން ހަމަޖެހިފައިވާ "ސުޕަގާލް" ގެ ޓްރެއިލާ މާދަމާ އާންމު ކުރަން ޖެހިފައިވެ އެވެ.
ޖޭމްސް ގަން މި އަހަރުގެ ޖުލައި ގެނެސްދިން "ސުޕަމޭން" އަކީ ބޮކްސް އޮފީހުގައި 616.7 މިިލިއަން ޑޮލަރު ހޯދި ފިލްމެކެވެ. ޖުމްލަ 225 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމު މިއަދު ވަނީ ޖިއޯ ހޮޓްސްޓާ އަށް ދޫކޮށްލައިފަ އެވެ.