ޖަލުތަކުގައި ތިބޭ ގައިދީން ގުޅާނަމަ، ނަމްބަރު ހިއްސާކުރުމަށް ހޯމް މިނިސްޓްރީން އެދިއްޖެ އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ޖަލުތަކުގައި ތިބޭ ގައިދީން އެކި ފަރާތްތަކަށް ގުޅައި ގާނޫނާއި ގަވައިދާ ހިލާފު އަމަލުތައް ހިންގަމުންގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ އެފަދަ ކޯލުތައް ރިޕޯޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާދީފައި ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެހެންކަމުން ޖަލުތަކުން ލިބޭ ކޯލެއްކަން ޝައްކުވާ ނަމަ، މިނިސްޓްރީން އެކަމަށް ހާއްސަކޮށްފައިވާ އޮންލައިން ޕްލެޓްފޯމަށް އެ ނަމްބަރު ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.