Last Updated: July 8, 06:17
Wednesday, July 8, 2026
ޚަބަރު

މައާފަށް އެދެންދެން ދަރިވަރު ސަސްޕެންޑްކޮށްފި

އައްޑޫ ހައި ސްކޫލްގައި ދަރިވަރަކާއި ޓީޗަރަކާ ދެމެދު ހިންގި މާރާމާރީއަކާ ގުޅިގެން ދަރިވަރު ވެސް ސަސްޕެންޑްކޮށްފި އެވެ.

މި މައްސަލައިގައި ހިމެނޭ އިންޑިއާ ޓީޗަރު ސަސްޕެންޑްކޮށް މިހާރު ވަނީ މާލެ ގެންގޮސްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ ދަރިވަރު ސަސްޕެންޑް ކުރީ ބިހޭވިއާ މޮޑިފިކޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުމާއެކު އަމިއްލައަށް މައާފަށް އެދެންދެން ކަމަށެވެ.

އެކަމާ ގުޅޭ ވީޑީއޯ ވެސް ސޯޝަލް މީޑިއާގައި މިހާރު ވަނީ ދައުރުވާން ފަށައިފަ އެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ދަރިވަރު އަތުގައި އޮތް އެއްޗެއް އަތުލުމަށް ގަދަކަމުން ޓީޗަރު މަސައްކަތް ކުރާއިރު، ދަރިވަރު އެ ނުދޭން ދެކޮޅު ހަދާ މަންޒަރު ފެނެ އެވެ. އަދި ދަރިވަރު ޓީޗަރުގެ ގައިގައި ޖަހާ މަންޒަރު ފެންނައިރު، ޓީޗަރު ވެސް އެ ކުއްޖާ ގައިގައި ހިފަހައްޓައި އަނިޔާކުރާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.