ބަންގްލަދޭޝްގެ އާންމު އިންތިހާބު އަންނަ އަހަރުގެ ފެބްރުއަރީގައި 12 ގައި ބާއްވަން ނިންމައިފި އެވެ.
އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ އެ ތާރީހުގައި އިންތިހާބު ބޭއްވުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.
ބަންގަލްދޭޝްގައި އެންމެ ފަހުން އާންމު އިންތިހާބެއް ބޭއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭރު ބޮޑުވަޒީރުގެ މަގާމަށް ހަތަރު ވަނަ ދައުރަކަށް އިންތިހާބުވަޑައިގަތް ޝައިހް ހަސީނާ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 5 ގައި އިސްތިއުފާ ދެއްވައި ފިއްލަވައިވައިގެން އަވައްޓެރި އިންޑިއާ އަށް ވަޑައިގެންފަ އެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ އޮގަސްޓް 8 އިން ފެށިގެން ބަންގްލަދޭޝްގެ އިންތިގާލީ ވެރިއެއްގެ ގޮތުގައި ހުންނެވީ މުހައްމަދު ޔޫނުސް އެވެ.
ހަސީނާ އިސްތިއުފާ ދެއްވީ އޭނަގެ އިސްތިއުފާ އަށް ގޮވާލައި ބަންގްލަދޭޝްގެ ދަރިވަރުންތަކެއް ވަރުގަދަ މުޒާހަރާތަކެއް ފެށުމާ ގުޅިގެންނެވެ. އޭރުގެ އޭނަ އޯޑަރަށް ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންނަށް ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެފައިވެ އެވެ. މިކަމާ ގުޅިގެން ހަސީނާގެ ނައްޗަށް އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގިކަމުގެ ދައުވާ އުފުލި، އޭނަގެ މައްޗަށް މިދިޔަ މަހުގެ މެދު ތެރޭގައި ވަނީ މަރުގެ ހުކުމް ވެސް އިއްވައިފަ އެވެ.