Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ކުޅެދުންތެރި އިތުރު 30 މީހަކަށް ސްޓެލްކޯގެ ވަޒީފާ

ނުކުޅެދުންތެރިކަން ހުރި އިތުރު 30 މީހަކަށް ސްޓެލްކޯ އިން ވަޒީފާ ހަމަޖައްސައި ދީފި އެވެ.

ވަޒީފާ ލިބުނު މީހުންނާ އެކަމުގެ ލިޔުން ހަވާލުކޮށް ދޭން މިއަދު ސްޓެލްކޯގައިި ވަނީ ހާއްރަ ރަސްމިއްޔާތެއް ވެސް ބާއްވައޮފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިވުމަކީ މުވައްޒަފުގެ ޢާއިލާތަކާއި ގައުމަށް އެކަމުގައި އެތައް ގޮތަކުން ފައިދާ އާއި މަންފާ ހުރި ކަމެއް ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ނެރުމަކީ ސިއްހީ ގޮތުންނާއި، ދިރިއުޅުމުގެ އާދަތަކާއި މާ ލީގޮތުން ފުދުންތެރިކަން އިތުރުވެގެން އަންނާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ ވާޒީފާގެ މާހައުލުގައި އާ ރައްޓެހިން ލިބުމަކީ ނަފްސާނީ ގޮތުން ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި މީހުންގެ ތައުރީފާއި ހެޔޮބަސްތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު، އިތުރުވެގެން ދާނެ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދު ވިދާޅުވީ މިހާރު ވެސް، ތަފާތު އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ 50 އަށް ވުރެ ގިނަ މުވައްޒަފުން އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މި ފަރާތްތައް ހަވާސާ ނުކޮށް، މުޖުތަމަޢުގެ މުހިންމު ބައެއްގެ ގޮތުގައި ފެންނަމުންދާ ކަމީ، ހަމަގައިމު ވެސް އަޅުގަނޑުމެން އެންމެން އުފާކުރާ ކަމެއް،" އޭނަ ވިދާޅުވި އެވެ. "މިއަދު މިކުންފުންޏާއި މި ގުޅޭ 30 މުވައްޒަފުންނާއެކު، ސްޓެލްކޯގައި ނުކުޅެދުންތެރިކަން ހުރި މުވައްޒަފުންގެ ޖުމްލަ އަދަދު 80 އަށް އަރާނެ. މިއީ ހަމަގައިމުވެސް ފާހަގަކޮށްލެވޭނެ ބޮޑު ކުރިއެރުމެއް."

ސްޓެލްކޯއާ އަލަށް ގުޅުނު 30 މުވައްޒަފުން ހޮވާފައި ވަނީ ސްޓެލްކޯއިން ޔޫޓިލިޓީ ހިދުމަތް ދެމުން އަންނަ ރަށްތަކުގެ ތެރެއިން 21 ރަށެއް ހިމެނޭހެންނެވެ.