އައްޑޫ ސިޓީ ގަމުގައި މިރޭ ހަވާ އެރުވުމަށް ނިންމައިފި އެވެ.
އެމްއެންޑީއެފުން ބުނީ ސ. ގަމުގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 22:30 ގައި ކަމަށެވެ.
އެއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
ހަވާ އަރުވާނީ 3 މިނެޓެއް ހާއިރަށެވެ.