Last Updated: July 8, 07:30
Wednesday, July 8, 2026
ޚަބަރު

ވޯޓު ހޯދަން ކޮންމެ ފަދަ ދޮގެއް ވެސް ރައީސް ހައްދަވާފާނެ

ވޯޓު ހޯދަން ކޮންމެފަދަ ދޮގެއް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްދަވާފާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ އިންތިހާބުގެ ތެރޭގައި ކަންކަމުގެ ގޯސް ވާހަކަ އާއި އެ ކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު މުޅި އެތި ބަދަލުކޮށްލާފައިވާ ކަމަށެވެ.

"ތި ކަންކަން ކުރެވޭކަށް ނެތޭ. އެހެންވީމަ އެބަ އިނގޭ ވޯޓު ހޯދުމަށްޓަކާ ކޮންމެފަދަ ދޮގެއް ވެސް ހަދަފާނެކަން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމުގެ ރައީސް މުއިއްޒު ގެންދެވީ އިގްތިސާދު ހަމަޔަކަށް އެޅުވުމުގެ ގޮތުން "ތަންތަނުން ފެހި ސިގްނަލް" ލިބިފައިވާ ވާހަކަ އާއި މިކަން ހައްލުކުރަން އެނގޭ ކަމަށް ވިދާޅުވަމުން ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ގެންގުޅުއްވަނީ ކަންކަން ގޯސްވުމުން އެހެން މީހެއްގެ ބޮލަށް ކަނޑާލުމުގެ އުސޫލު ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ޔާމީން ވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މާލެ ކައިރީގައި ކުރި އިހުތިޖާޖު ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ޔާމީން ވިދާޅުވީ މި ސަރުކާރުން އެހެން ސަރުކާރަކަށް ވުރެ މަސްވެރިންނަށް އަޅާލާނެ ކަމަށް ވިދާޅުވި ނަމަވެސް، މަސްވެރިންގެ ޝަކުވާތައް އަޑު އަހާލަން ސަރުކާރަށް ނުކުރެނު ކަމަށެވެ.

މަސްވެރިންގެ ދުވަސް މީގެ ކުރިން ފާހަގަކުރާއިރު ސަރުކާރުތަކުން ދެނީ އުއްމީދީ ހަބަރުތަކެއް ކަމަށާއި ނަމަވެސް މި ސަރުކާރުން ކަންކުރީ ދިމާ އިދިކޮޅަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.