Last Updated: June 6, 19:23
Saturday, June 6, 2026
ޚަބަރު

ލަންކާ އަށް އެހީވާން އީކްއޭޓަ ވިލެޖްގައި ފަންޑް ފޮއްޓެއް

އީކްއޭޓާގެ ފަންޑް ފޮއްޓަށް މުވައްޒަފުންތަކެއް ފައިސާ ހަދިޔާ ކުރަނީ. ފޮޓޯ/ އީކްއޭޓަ ވިލެޖް

ދާދި ފަހުން ސްރީ ލަންކާ އަށް އެރި ތޫފާނާ ގުޅިގެން ލިބުނު ގެއްލުންތަކަށް އެހީވާން އައްޑޫ ގަމުގެ އީކްއޭޓަ ވިލެޖްގައި ފައިސާ އެެއްކުރަން ފަންޑް ފޮއްޓެއް ބަހައްޓައިފި އެވެ.

މި ފަންޑް ފޮއްޓަކީ އެތަން ހިންގާ ކުންފުނި ކައިމޫ އިން ލަންކާ އަށް އެހީވާން ފައިސާ އެއްކުރަން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ބެހެއްޓި ފޮއްޓެކެވެ. އީކްއޭޓަ ވިލެޖްގައި ބަހައްޓާފައިވާ ފަންޑް ފޮއްޓަށް އެތަނުގެ ވަރަށް ގިނަ މުވައްޒަފުންނާއި ޓޫރިސްޓުން ވެސް މިހާތަނަށް ފައިސާ ހަދިޔާކޮށްފައިވެ އެވެ.

އީކްއޭޓަ ވިލެޖަކީ ލަންކާގެ މުވައްޒަފުންތަކެއް ވެސް މަސައްކަތް ކުރަމުން އަންނަ، އައްޑޫގެ މިހާރުގެ އެންމެ ދުވަސްވީ ޓޫރިސްޓް ފެސިލިޓީ އެވެ.

އެތަނުގައި ބަހައްޓާފައި ހުރި ފަންޑް ފޮއްޓަށް ފައިސާ ހަދިޔާކުރުމުގެ އިތުރަށް ކައިމޫގެ ދެ އެކައުންޓަކަށް ފައިސާ ޓްރާންސާ ވެސް ކުރެވޭނެ އެވެ. އެއީ ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އެކައުންޓާއި ޑޮލަރު އެކައުންޓަށެވެ.

ރުފިޔާ އެކައުންޓް: 7730000470692
ޑޮލަރު އެކައުންޓް: 7730000470693

ލަންކާ އަށް ރާއްޖޭގެ އެކި ފަރާތްތަކުން މިހާތަނަށް ބޮޑެތި އަދަދުތަކުން ފައިސާ ހަދިޔާކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަމިއްލަ ވަރަށް ގިނަ ކުންފުނިތައް ވެސް ހިމެނެ އެވެ.

ރާއްޖޭގެ ސަރުކާރުން ލަންކާ އަށް 50،000 ޑޮލަރާއި 25،000 މަސްދަޅު ވެސް ހަދިޔާކޮށްފައިވެ އެވެ.