Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ދަރިވަރުންގެ ދިވެހި ބަސް ކުރިއަރުވަން ޕްރޮގްރާމެއް

ޕްރައިމަރީ މަރުހަލާގައި ދަރިވަރުންގެ މެދުގައި ދިވެހި ބަހުން ލިޔެކިޔުން ކުރިއެރުވުމުގެ ގޮތުން އާލީ ލާނިން" ޕްރޮގްރާމެއް ފަށައިފިއެވެ.

މި ހަރަކާތް އިއްޔެ އިފްތިތާހުކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު އެވެ.

މިއީ ބޮއެން ކުންފުންޏާއި ރޫމް ޓު ރީޑް ގުޅިގެން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ބޮއިންގެ މާލީ އެހީތެރިކަމާއެކު، ރޫމް ޓު ރީޑް އާއި ނޭޝަނަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އަދި އެޑިއުކޭޝަން މިނިސްޓްރީގުޅިގެން، 15 ކުޑަކުދިންގެ ފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރަން ހަމަޖެހިފައވެ އެވެ. މި ފޮތްތައް ޑިޖިޓަލްކޮށާއި، ޕްރިންޓްކޮށް، ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް ފޮނުވާނެ އެވެ.

މިނިސްޓަރު ވިދާޅުވީ، ފޮތް ކިޔުމުގެ ވަރުގަދަ ސަގާފަތެއް އުފެއްދުމަކީ ޤައުމީ ތަޢުލީމީ އިސްތިރާޖުގެ މުހިންމު ބައެއް ކަމަށެވެ. އެހެންވެ ދިވެހި ބަހުން ގެނެސްދޭ ފޮތްތަކުގެ ސަބަބުން، މަތީ ފެންވަރުގެ އަދަބިއްޔާތާއި ފޮތްކިޔުމުގެ ރަނގަޅު ތަޖުރިބާއެއް ދަރިވަރުންނާ ހަމައަށް ގެނެސްދެވޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ސަބަބުން ޕްރައިމަރީ ތަޢުލީމު އަދި ރާއްޖޭގެ ސްކޫލުތަކުގެ ތަޢުލީމީ ފެންވަރު ރަނގަޅު ކުރުމަށް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތަށް ބޮޑު ކުރިއެރުމެއް ވެސް ލިބޭނެ ކަމަށެވެ

ރޫމް ޓު ރީޑް އަކީ ބޮއެން ކުންފުނީގެ “ބޮއިން ގްލޯބަލް އެންގޭޖްމެންޓް (ބީޖީއީ) އާ ގުޅިގެން ހިންގާ ގްލޯބަލް އެޑިޔުކޭޝަން ނޮން-ޕްރޮފިޓް ޖަމްޢިއްޔާއެކެވެ.