އައްޑު ހިތަދޫގެ ގެއްގައި ރޯވެ ދިރުނޫޅެވޭ ވަރަށް ގެއްލުންވެއްޖެ އެވެ.
ރޭ 8:30 އެހާކަަށްހާ އިރު ރޯވީ އެ އަވަށު އާޔާވިލާގަ އެވެ. އެ ހާދިސާގައި ގޭގައި ދިރިނޫޅެވެ ވަރަށް ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އާޔާވިލާގައި ރޯވުމާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ފަޔާ ފައިޓަރުން ހަރަކާތްތެރިވެފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، (އެންޑީއެމްއޭ) އިން ބުނީ އެ ގޭގައި ދިރިއުޅެމުން އައި 7 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް އައްޑޫ ކައުންސިލާ ގުޅިގެން ކޮށްފައިވާ ކަމަށެވެ.