Last Updated: June 6, 18:51
Saturday, June 6, 2026
ޚަބަރު

ހައްޖު ކޯޕަރޭޝަނާއި ސަފްވާ ފައުންޑޭޝަނުން އެއްބަސްވުމަކަށް

ޙައްޖު ކޯޕަރޭޝަނާއި ސަޢުދީ ޢަރަބިއްޔާ އަލް-ސަފްވާ ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ ބޭއްވި 'ޙައްޖު، ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން" ގެ ތެރެއިން އެ އެއްބަސްވުމުގައި ސޮއިކުރެވުނު ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލެވެ. ސަފްވާގެ ފަރާތުން ސޮއިކުރެއްވީ އެފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޢަބްދުﷲ މުޙައްމަދު އަލް-ޙަޖޫރީ އެވެ.

މިއީ ޙައްޖާއި ޢުމްރާގެ ކަންކަމުގައި ޙައްޖު ކޯޕަރޭޝަނަށް އަލް-ސަފްވާ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށް ދިނުމާއި، ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ހިލޭ ތަމްރީން ކުރުމާއި ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ހެދި އްބަސްވުމެކެވެ.

އަލް-ސަފްވާ ފައުންޑޭޝަނަކީ ސަޢޫދީގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ އެ ކުންފުނީގެ ދީނީ ގޮތްޕެވެ.