Last Updated: July 8, 07:30
Wednesday, July 8, 2026
ޚަބަރު

އައްޑޫގެ މޭޔަރު ކަމަށް އަދީލް ވާދަ ކުރަނީ

އައްޑޫގެ މޭޔަރުކަމަށް ސަރުކާރު ހިންގާ ޕީއެންސީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ޑރ. އަހުމަދު އަދީލް ނަސީރު ނިންމަވައިފި އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަދީލު ވިދާޅުވީ ކައުންސިލް އިންތިޚާބުގައި އައްޑޫގެ މޭޔަ ރުކަމަށް ވާދަކުރުމުގެ މަގްސަދުގައި ޕީއެންސީގެ ޕްރައިމަރީގައި ވާދަކު ރުމަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ޕީއެންސީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 27 ގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި މި ވަގުތު ހުންނެވި އަދީލަކީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމްގެ ރަނިންމޭޓެވެ. އަދީލު ވަނީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި އަށް އަމިއްލަ ގޮތުން ވެސް ވާދަކުރައްވައިފަ އެވެ.

އައްޑޫ ހިތަދު އަށް ނިސްބަތްވާ އަދީލަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އޭނަ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލްކަން ވެސް ކުރެއްވި އެވެ. އޭނަ އަކީ ދާދި ފަހުން ހިތަދޫ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުން އިސްތިއުފާ ދެއްވައި އައްޑޫ ޕޮލިސް އިސް މަގާމަކަށް ވަޑައިގެންނެވި ޑރ. އާސިޔަތު މުހައްމަދުދީދީގެ ފިރިކަލުންނެވެ.