އިންޑިއާގެ އެކްޓަރު ވިދުޔުތު ޖަމްވަލް ކުޅުނު ފުރަަތަމަ ހޮލީވުޑްގެ ފިލްމު "ސްޓްރީޓް ފައިޓާ" އިން އޭނަ ފެންނާނެ ގޮތް ދައްކާލައިފި އެވެ.
އަންނަ އަހަރުގެ އޮކްޓޯބަރު 16 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި މާޝަލް އާޓްސް ފިލްމުގައި އޭނަ ފެންނާނީ ހަށިގަނޑުން ވަރުގަދަ، ބޯތަލަ، ދަލްސަމް ކިޔާ ކެރެކްޓާއަކުންނެވެ.
ވަރުގަދަ އެކްޝަން އެކްޓަރެއްގެ ގޮތުގައި ފާހަގަކޮޮށްލެވޭ ވިދުޔަތު އަކީ ބޮލީވުޑްގެ އެކްޝަން ތުރިލާ ފްރެންޗައިޒް "ކޮމާންޑޯ" ގެ ބަތަލެވެ. އެވެ. ތިން ފިލްމު މިހާތަނަށް ގެެނެސްދީފައިވާ އިރު، 45 އަހަރުގެ އެކްޓަރުގެ އެންމެ ފަހުުގެ ފިލްމަކީ މި އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒްކުރި ތަމަޅަ ސައިކޮލޮޖިކަލް އެކްޝަން ތުރިލާ "މަދަރާސީ" އެވެ.
"ސްޓްރީޓް ފައިޓާ" އަކީ ކިޓާއީ ސަކްރާއީ ޑައިރެކްޓްކޮށް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ. އޭނަ އަކީ 2021 ގެ ކޮމެޑީ ފިލްމު "ބޭޑް ޓްރިޕް" ގެ ޑައިރެކްޓަރެވެ.
"ސްޓްރީޓް ފައިޓާ" އިން ވިދުޔުތާ އެކު ފެންނާނެ ތަރިންގެ ތެރޭގައި އެންޑްރޯ ކޯޖީ، ނޯއާ ސެންޓިނިއޯ، ޖޭސަން މޮމޯއާ، ކޮޑީ ރޯޑްސް، އެންޑްރޫ ޝުލްޒް، ކާޓިސް ޖެކްސަން އަދި ކަލީނާ ލިއަންގް ފަދަ ތަރިން ހިމެނެ އެވެ.
މި ފިލްމަކީ ކެޕްކޮން އިން "ސްޓްރީޓް ފައިޓާ" ގެ ނަމުގައި ގެނެވސްދީފައިވާމ ވީޑިއޯ ގޭމް ސީރީޒަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އަދި މިއީ އޭގެ ދަށުން ގެނެސްދިން ތިން ވަނަ ލައިވް-އެކްޝަން ފިލްމެވެ