Last Updated: June 24, 17:22
Wednesday, June 24, 2026
ޚަބަރު

ކުރީގެ މެމްބަރު ހުސައިންގެ ހަރަދުގައި ބިނާކުރި މިސްކިތް ހުޅުވައިފި

ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލްމަރުހޫމް ޙުސައިން ވަހީދުގެ ހަރަދުގައި ށ. ފޯކައިދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި އެވެ.

މަސްޖިދުލް ނޫރުގެ ނަމުގައި ފޯކައިދޫގައި ބިނާކުރި މި މިސްކިތް ހުޅުވައިދެއްވީ، މިއަދުގެ ހުކުރު ނަމާދުގެ ކުރިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރާއި، މަރްހޫމް ޙުސައިން ވަޙީދުގެ ދަރިކަލުން އަޙްމަދު ނަވީން ޙުސައިން އެވެ.

މިއީ 400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ހުސެއިން ވަހީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް 14 ޑިސެންބަރު 2021 ވީ ހޯމަ ދުވަހުގެ މެންދަމުގެ ވަގުތެއްގަ އެވެ. ހުސެއިން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާފަ އެވެ.