Last Updated: June 6, 19:03
Saturday, June 6, 2026
ޚަބަރު

އިތުރު 4 މަސާޖް ޕާލާއަކުން 5 މީހަކު އަތުލައިގެންފި

މާލޭ ހިންގަމުން އައި އިތުރު ހަތަރު މަސާޖް ޕާލާއަކުން ފަސް ބިދޭސީއަކު އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެ މީހުން އަތުލައިތީ ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރެއިން ރޭ ހިންގި އޮޕަރޭޝަނެއްގައ ކަމަށެވެ. އެ އޮޕަރޭޝަންގައި އަތުލައިގެންފައި ވަނީ އެތަންތަނުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ފަސް އަންހެނެކެވެ.

މި ހަފުތާގެ ތެރޭގައި މާލޭގައި ވަކިވަކިން ހިންގި އިތުރު އޮޕަރޭޝަންތަކެއްގައި ވެސް 8 މަސާޖް ޕާލާއަކުން 7 ބިދޭސީއަކު އަތުލައިގެންފައިވެ އެވެ.