ރ. މާކުރަތުގައި އަލަށް އިމާރާތްކުރި އާ ޕޮލިސް ސްޓޭޝަން ހުޅުވައިފި އެވެ.
އެތަން އިއްޔެ ރަސްމީކޮށް ހުޅުވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާނެވެ. އެ ރަސްމިއްޔާތުގަައި ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ ވެސް ބައިވެރިވެވަޑައިގަތެވެ.
މާކުރަތުގެ އާ ޕޮލިސް ސްޓޭޝަނަކީ މި އަހަރުގެ ޖެނުއަރީ 23 ގައި ބިންގާ އެޅި މަަޝްރޫއެކެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.
މިއީ ފުލުހުންގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް މުޅި ރާއްޖޭގައި ހިންގާ މަޝްރޫއުގެ ތެރެއިން މި އަހަރުގެ ތެރޭގައި ބިންގާ އަޅައި މަސައްކަތް ފެށި ސްޓޭޝަންތަކުގެ ތެރެއިން ހުޅުވި ދެވަނަ ޕޮލިސް ސްޓޭޝަނެވެ.
މި އަހަރު ބިންގާ އަޅައި މަސައްކަތް ނިންމައި ފުރަތަމަ ހުޅުވި ޕޮލިސް ސްޓޭޝަނަކީ ރ. އިންނަމާދޫ ޕޮލިސް ސްޓޭޝަނެވެ.