Last Updated: June 6, 18:54
Saturday, June 6, 2026
ޚަބަރު

ޑީސަލް ބޮވުނު މީހަކު ވެންޓިލޭޓަރުގައި

ހަމަކުން ޑީސަލް ނަގަން އެއަށް ހޮޅިއެއް ލައިގެން އަނގަޖަހައި ދަމާލުމުން ޑީސަލް ބޮވުނު މީހެއްގެ ހާލު ދެރަވެ، ފަރުވާ ދެމުން އެބަދެ އެވެ.

އިއްޔެ ގދ. ދިޔަދޫގެ ވެމްކޯ ސައިޓުގައި ހިނގި މި ހާދިސާގައި ހާލު ދެރަވި މީހާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގަ އެވެ. ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މާ އެވެ.

މި ހާދިސާއާ ގުޅިގެން ވެމްކޯގެ އޮފިޝަލަކު ވިދާޅުވީ ވެމްކޯގެ ސައިޓަކީ މަސައްކަތްތަކަށް ކޮންމެހެން ބޭނުންވާ ސާމާނުތައް އަބަދުވެސް ހުންނަ ކަމަށާއި އިއްޔެގެ ހާދިސާ އަކީ މުވައްޒަފުގެ މަސައްކަތް އަވަސް ކުރުމަށް އަމިއްލައަށް ކުރި ކަމަކުން ދިމާވި ކަމެއް ކަމަށެވެ.

މި ހާދިސާގައި ހާލު ދެރަވި މީހާ އަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހެކެވެ. އެ މުވައްޒަފުގެ އާއިލާ މީހުން ވެސް މާލެ ގެންގޮސް މުވައްޒަފުގެ ފަރުވާ އަށް ހިނގާ ހުރިހާ ހަރަދެއް ވެމްކޯއިން ކުރަމުން ގެންދާ ކަމަށެވެ.