Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ދުވާފަރުގައި 50 ހައުސިން ޔުނިޓް އަޅަނީ

ރ. ދުވާފަރުގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި އެވެ.

މި މަޝްރޫއު މިއަދި ހަވާލުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދުވާފަރަށް ފެއްޓެވި ދަތުރުގެ ތެރެއިންނެވެ.

ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރެވެ.

ދުވާފަރުގެ ބަނދަރު ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީން މިއަދު ފެށި އިރު، އެ ރަށުގެ މަގުތައް ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް ވެސް އެމްޓީސީއާ ހަވާލުކޮށްފައިވެ އެވެ. މީގެ އިތުރުން ދުވާފަރު ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން މިއަދު ފެށި އިރު، އެ ރަށުގައި މިއަދު ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭޓީއެމެއް ވެސް ހުޅުވާލައިފަ އެވެ.